-
Notifications
You must be signed in to change notification settings - Fork 1
Expand file tree
/
Copy pathPromise.json
More file actions
1567 lines (1567 loc) · 146 KB
/
Promise.json
File metadata and controls
1567 lines (1567 loc) · 146 KB
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
228
229
230
231
232
233
234
235
236
237
238
239
240
241
242
243
244
245
246
247
248
249
250
251
252
253
254
255
256
257
258
259
260
261
262
263
264
265
266
267
268
269
270
271
272
273
274
275
276
277
278
279
280
281
282
283
284
285
286
287
288
289
290
291
292
293
294
295
296
297
298
299
300
301
302
303
304
305
306
307
308
309
310
311
312
313
314
315
316
317
318
319
320
321
322
323
324
325
326
327
328
329
330
331
332
333
334
335
336
337
338
339
340
341
342
343
344
345
346
347
348
349
350
351
352
353
354
355
356
357
358
359
360
361
362
363
364
365
366
367
368
369
370
371
372
373
374
375
376
377
378
379
380
381
382
383
384
385
386
387
388
389
390
391
392
393
394
395
396
397
398
399
400
401
402
403
404
405
406
407
408
409
410
411
412
413
414
415
416
417
418
419
420
421
422
423
424
425
426
427
428
429
430
431
432
433
434
435
436
437
438
439
440
441
442
443
444
445
446
447
448
449
450
451
452
453
454
455
456
457
458
459
460
461
462
463
464
465
466
467
468
469
470
471
472
473
474
475
476
477
478
479
480
481
482
483
484
485
486
487
488
489
490
491
492
493
494
495
496
497
498
499
500
501
502
503
504
505
506
507
508
509
510
511
512
513
514
515
516
517
518
519
520
521
522
523
524
525
526
527
528
529
530
531
532
533
534
535
536
537
538
539
540
541
542
543
544
545
546
547
548
549
550
551
552
553
554
555
556
557
558
559
560
561
562
563
564
565
566
567
568
569
570
571
572
573
574
575
576
577
578
579
580
581
582
583
584
585
586
587
588
589
590
591
592
593
594
595
596
597
598
599
600
601
602
603
604
605
606
607
608
609
610
611
612
613
614
615
616
617
618
619
620
621
622
623
624
625
626
627
628
629
630
631
632
633
634
635
636
637
638
639
640
641
642
643
644
645
646
647
648
649
650
651
652
653
654
655
656
657
658
659
660
661
662
663
664
665
666
667
668
669
670
671
672
673
674
675
676
677
678
679
680
681
682
683
684
685
686
687
688
689
690
691
692
693
694
695
696
697
698
699
700
701
702
703
704
705
706
707
708
709
710
711
712
713
714
715
716
717
718
719
720
721
722
723
724
725
726
727
728
729
730
731
732
733
734
735
736
737
738
739
740
741
742
743
744
745
746
747
748
749
750
751
752
753
754
755
756
757
758
759
760
761
762
763
764
765
766
767
768
769
770
771
772
773
774
775
776
777
778
779
780
781
782
783
784
785
786
787
788
789
790
791
792
793
794
795
796
797
798
799
800
801
802
803
804
805
806
807
808
809
810
811
812
813
814
815
816
817
818
819
820
821
822
823
824
825
826
827
828
829
830
831
832
833
834
835
836
837
838
839
840
841
842
843
844
845
846
847
848
849
850
851
852
853
854
855
856
857
858
859
860
861
862
863
864
865
866
867
868
869
870
871
872
873
874
875
876
877
878
879
880
881
882
883
884
885
886
887
888
889
890
891
892
893
894
895
896
897
898
899
900
901
902
903
904
905
906
907
908
909
910
911
912
913
914
915
916
917
918
919
920
921
922
923
924
925
926
927
928
929
930
931
932
933
934
935
936
937
938
939
940
941
942
943
944
945
946
947
948
949
950
951
952
953
954
955
956
957
958
959
960
961
962
963
964
965
966
967
968
969
970
971
972
973
974
975
976
977
978
979
980
981
982
983
984
985
986
987
988
989
990
991
992
993
994
995
996
997
998
999
1000
[
{
"ID": 1,
"Title_Eng": null,
"Title_Dhiv": "ޒުވާނުން (ޗެޕްޓަރު 1)",
"Promise": [
{
"Eng": null,
"Dhiv": "އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ކަމަށްވާ ޕޭޕަލް، ޕެއޮނިއާ، ސްޓްރައިޕް، ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުން ފަސޭހަގޮތުގައި ކުރެވޭނެ ގޮތް ހަޖައްސައިދިނުން."
},
{
"Eng": null,
"Dhiv": "ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތައް ކަމުގައިވާ އެމޭޒަން، އީބޭ، ޝޮޕިފައި، ޝޮޕީ އަދި ލަޒާޑާ ފަދަ ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސައިދިނުން."
},
{
"Eng": null,
"Dhiv": "ދުނިޔޭގައި މިހާރު ކުރިއަރަމުންދާ އޮން-ޑިމާންޑް ވާރކްފޯސް ނުވަތަ ފްރީލާންސިންގ މާކެޓްތަކަށް ދިވެހި ޒުވާނުންނަށް ފުރުޞަތު ހުޅުވައިދިނުމުގެގޮތުން ފައިވަރ، އަޕްވާރކް، ފްރީލާންސަރ، ގުރޫ އަދި ޕީޕަލްއަވަރ ފަދަ ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓް ހުޅުވޭގޮތް ހަދައިދީ، މިޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދިނުން."
},
{
"Eng": null,
"Dhiv": "ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީޕިންގް އެންޑް ފްރަންޓް އޮފީސް، ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް 'ދިވެހިންނަށް ޚާއްޞަ' މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުން."
},
{
"Eng": null,
"Dhiv": "ވަޒީފާއެއް އަދާކުރަން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށް، އެޒުވާނެއްގެ ތަޢުލީމާއި ތަޖުރިބާ އަދި ހުނަރާ އެކަށޭނަ، ރަނގަޅު އާމްދަނީއެއް ލިބޭ އަދަދަށް، 5 އަހަރުގެ ތެރޭގައި، ވަޒީފާގެ ބާޒާރު ފުޅާކުރުން"
},
{
"Eng": null,
"Dhiv": "ފެޝަން ޑިޒައިނިންގ، ކެއްކުން، އެނިމޭޝަން، އެކްޓިންގ އަދި ޑްރާމާ، ކުރެހުން، ގޭމް ޑިޒައިން ކުރުން، އާކިޓެކްޗަރ އަދި މިއުޒިކް ފަދަ ޒުވާނުންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތައް ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ ފެންވަރުގެ ނަންހިނގާ އާރޓްސް ސްކޫލެއްގެ ފެކަލްޓީއެއް ރާއްޖޭގައި ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "މިއުޒިކް ކުޅުމަށާއި ސައުންޑް ރެކޯޑިންގގެ މަސައްކަތްތައް ކުރުމަށް މަގު ފަހިކޮށްދިނުމަށް، އެދާއިރާގެ ފަންނާނުންނަށް ޙާއްޞަކޮށްގެން، ޢާންމުކޮށް ބޭނުންކުރެވޭނެ ސައުންޑް ޕްރޫފް ޖޭމިންގ އަދި ރެކޯޑިންގ ސްޓޫޑިއޯތަކެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ނަފްސާނީގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް 24 ގަޑިއިރު ޚިދުމަތްލިބޭނެ ނަފްސާނީ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ޚާއްޞަ ހެލްޕްލައިނެއް ޤާއިމުކުރުމާއި، ޤައުމީ ފެންވަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދެވޭ މިންވަރު ބޮޑުތަނުން އިތުރުކޮށް، ޚިދުމަތް ބޭނުންވާ ފަރާތްތަކަށް މަޑުކުރަންޖެހޭ މުއްދަތު ބޮޑުތަނުން ކުޑަކުރުމާއެކު، ސައިކޮލަޖިސްޓުންނާއި، ސައިކިއެޓްރިސްޓުންނާ، ކައުންސިލަރުންނާ، ތެރަޕިސްޓުންނާ، ސޯޝަލް ވާރކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޒުވާން އަދި ތަޢްލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑުތަނުން އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ނިމެމުންމިދާ ރިޔާސީ ދައުރުގައި ވެފައިވާ ރިޔާސީ ވައުދާއި ޚިލާފަށް ރައްޔިތުންގެ އުޅަނދުފަހަރުގައި ޕާކިންގ ސްޓިކަރ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާ މަޢާފުކޮށްދިނުން."
},
{
"Eng": null,
"Dhiv": "މާތްވެގެންވާ އިސްލާމްދީނާއި ޤައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ސްކޫލުތަކުގައި ޤައުމީ ފެންވަރުގެ ޚާޢްޞަ ޕްރޮގްރާމްތަކެއް ހިންގުމާއި، ސިވިކްސް އެއީ ކިޔަވާދޭ މާއްދާއެއްގެ ގޮތުގައި މުޤައްރަރުގައި ހިމެނުން."
},
{
"Eng": null,
"Dhiv": "ކައުންސެލިންގ، ސޯޝަލް ތެރަޕީ، ހިލޭ ސާބަހަށް މަސައްކަތްކުރުން އަދި ސޯޝިއޮލޮޖީގެ ފަންނުތައް ފަދަ ޤައުމީ ތަރައްޤީއަށް މުހިންމު އިޖްތިމާއީ ދާއިރާތައް ދެނެގަނެ، އާ ޖީލުތަކުގެ ޒުވާނުން އެދާއިރާތަކުން ކުރިއަށް ދިއުމަށް ބާރުއެޅުމަށްޓަކައި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް އިތުރު ހިތްވަރެއްދީ އާ ފުރުޞަތުތައް ތަނަވަސްކޮށްދޭން، ޒަމާނީ އިންތިޒާމުތަކާއި ވަޞީލަތްތައް އެކުލެވޭ ސަރަޙައްދީ ފެންވަރުގެ އާޓްސް ވިލެޖެއް (ޕްރޮޑަކްޝަން ހައުސްއެއް) ރާއްޖޭގައި ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ގޫގުލް، މައިކްރޯސޮފްޓް، އެމޭޒަން، އައި.ބީ.އެމް ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ސްޓޮކޮސް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ގަނެ ވިއްކޭނެ މަގުފަހިކޮށްދިނުމުގެ އިތުރުން، ފޮރެކްސް ޓްރޭޑިންގް އާއި ކްރިޕްޓޯ ކަރަންސީ ޕްލެޓްފޯމްތަކަށް ފަސޭހައިން އެކްސެސް ލިބި، އެ ޕްލެޓްފޯމްތައް ވެދުވެރިކޮށް ދިވެހީންނަށް ޓްރޭޑް ކުރެވޭނެގޮތް ހަމަޖައްސައިދިނުން."
},
{
"Eng": null,
"Dhiv": "ޞިއްޙީ ދާއިރާގެ ސިޔާސަތުތަކުގެ ތެރެއިން ދަރިމައިވުމުގެ ޞިއްޙަތާއި ގުޅުންހުރި މައްސަލަތަކަށާއި ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ފަރުވާދޭނެ ޒަމާނީ ފެންވަރުގެ ޚާއްޞަ ކްލިނިކްތަކެއް ހުރިހާ ހޮސްޕިޓަލެއްގައި ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމެނުން."
},
{
"Eng": null,
"Dhiv": "ސިޓީތަކުގައި ޒަމާނީ ލައިބްރަރީތަކެއް ޤާއިމުކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ރޫޙު ޒުވާން ޖީލުތަކުގައި އަށަގެންނެވުން."
},
{
"Eng": null,
"Dhiv": "ބިދޭސީން ގިނައިން ހަރަކާތްތެރިވަމުންދާ ސިނާއަތްތަކުގައި ދިވެހި ޒުވާނުން އިތުރަށް ފައިތިލަ ސާބިތުކުރަން މަގުފަހިކޮށްދިނުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ޤާއިމުކުރުމަށް، ރަހުނަކާނުލާ ވިޔަފާރި ފެށުމަށް އިންކިއުބޭޓަރ ޚިދުމަތާއި، ދާއިރާގެ މާހިރުންގެ މެންޓޯރޝިޕް ލިބޭނެގޮތަށް ޤާއިމުކުރެވޭ، 500 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "ކޮޕީރައިޓް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާއި އެޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ތެރެއިން، ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ފިކުރީ މުދާ ހިމާޔަތްކުރުން."
},
{
"Eng": null,
"Dhiv": "ތިން މަސް ދުވަހުގެ ސިފައިންގެ ކެޑޭޓް ތަމްރީން ޕްރޮގްރާމްތަކެއް، ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވާލެވިގެން، މެދުނުކެނޑި ކުރިއަށް ގެންގޮސް، ރިވެތި އަދި ހަރުދަނާ އިޖްތިމާއި އާދަތަކަކާއި ދިރިއުޅުމަށް މުހިންމު އިތުރު ހުނަރުތައް ލިބިފައިވާ މުރާލި، އަޚްލާޤް ރަނގަޅު އަދި ދުޅަހެޔޮ ޒުވާން ޖީލުތަކެއް ބިނާކުރުމަށް ބާރުއެޅުން."
},
{
"Eng": null,
"Dhiv": "ކުޅިވަރާއި ކަސްރަތުގެ ފަންނީ ހުނަރުވެރިކަން ރާއްޖޭގައި ފުޅާކުރުމަށްޓަކައި، އެ ދާއިރާތަކުން ޒުވާނުން ތަމްރީނާއި ތަޢުލީމު ޙާޞިލުކޮށް، ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުޞަތު ތަނަވަސް ކުރުން."
},
{
"Eng": null,
"Dhiv": "ޤައުމީ އެތްލީޓުންގެ މުސާރަ ބޮޑުކުރުމާއެކު އެ އެތްލީޓުންގެ ޤައުމީ ޚިދުމަތުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ޤާއިމުކުރުކަށްޓަކައި، ޚާއްޞަ އިންސެންޓިވްސް ސްކީމެއް ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "ރޯމަހާއި މަހުން އުފައްދާ އެކި ބާވަތްތައް ވިއްކޭނެ ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް، އަންހެން އަދި ޒުވާން ވިޔަފާރިވެރިންގެ ފައިދާއަށްޓަކައި، ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ޒުވާނުން އިސްކަންދޭ ވަކިވަކި ކަންކަމުގައި، ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވާ ލަފާ އެރުވުމަށް އަދި އެ ކަންކަމާ ގުޅިގެން ޒުވާނުންގެ ޚިޔާލު ހޯދާ، ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ޒުވާނުންގެ އުންމީދުތައް ހިމެނުމަށްޓަކައި އެކުލަވާލެވޭ \"ޕްރެސިޑެންޝަލް ޔޫތް އެޑްވައިޒަރސް\" ގެ ގިންތިއެއް ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހީންނަށް ލިބެމުންދާ ގެއްލުންތައް ދިރާސާކޮށް، ދެނެގަނެ، ބައިނަލްއަޤްވާމީ މުޖްތަމައުގައި އެކަމާމެދު އަޑުއުފުލުމަށް އިތުރު ހިތްވަރެއްގެގޮތުގައި، ދިވެހި ޒުވާނުން މިދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަން ފުރުޞަތު ހޯދައިދިނުން."
},
{
"Eng": null,
"Dhiv": "މިޒާޖު ހުރިގޮތުން ކުށުގެ ވެއްޓަށް ވަނުމުގެ ފުރުޞަތު ބޮޑު ކުޑަކުދިންނާއި ޒުވާނުން އަވަހަށް ދެނެގަނެ، އެފަދަ ކުދިންނަށް އަދި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، މުޖުތަމައުގައި ޤާނޫނަށް ބޯލަބައި ބިނާކުރަނިވި ރައްޔިތުންގެ ގޮތުގައި ކުރިއަށް ދެވޭނެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ޤައުމީ ވިއުގައެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ކުށުގެ ވެއްޓަށް އަލަށް ވަދެވޭ ކުޑަކުދިންނާއި ޒުވާނުން މުޖުތަމައުއަށް އަބުރާ އަހުލުވެރި ކުރުމަށްޓަކައި، ބޮޑެތި ޖަލުހުކުމްތަކާއި ހަރުކަށި އަދަބުތައް ދިނުމުގެ ބަދަލުގައި، އިޖްތިމާއީ ޚިދުމަތުގެ ޚާއްޞަ ވެއްޓަކާއި އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީ، ބިނާކުރަނިވި ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަލުން ނުކުމެވޭނެފަދަ ހަރުދަނާ ސިޔާސަތުތަކެއް އަދި އިންތިޒާމުތަކެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ފާހަގަކުރެވޭ ސަރަޙައްދުތަކެއް އަދި ރަށްތަކެއްގައި އިތުރު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުން، އަދި އަންހެނުންނަށް ޙާއްޞަ ކުރެވިގެން އެތަންތަނުގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން."
},
{
"Eng": null,
"Dhiv": "ދަރިމައިވުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ޢާއިލާތަކަށް ޙާއްޞަ ކުރެވިގެން އެންމެ ރަނގަޅު ފެންވަރުގެ ފަރުވާ ދެވޭނެ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގައި ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "ފަރުމަސް އާލާކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާރސް ތަމްރީންކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެދާއިރާތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ދިވެހި ފޮރިން ސާރވިސްގައި ހަރަކާތްތެރިވާ ޒުވާން ޑިޕްލޮމެޓުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުން."
},
{
"Eng": null,
"Dhiv": "އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައަށްވުރެ އިތުރުނުވާ އިންޓްރެސްޓް ރޭޓެއްގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 2,
"Title_Eng": null,
"Title_Dhiv": "ކަނބަލުން (ޗެޕްޓަރު 2)",
"Promise": [
{
"Eng": null,
"Dhiv": "ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކަށް ހުޅުވާލެވޭ، ވަކި މިންގަނޑުތަކެއް ފުރިހަމަކުރުމުން ދެވޭ ޤައުމީ ފެންވަރުގެ 'ހަމަހަމަކަން ކަށަވަރު' ސިއްކަ ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "އެއްވަރުގެ މަސައްކަތްތަކަށް އެއް މިންވަރެއްގެ ފުރުޞަތުތަކަކާއި އެއްހަމައެއްގެ އުޖޫރައެއް، ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތި، ލިބުމަކީ ޤާނޫނީ ޙައްޤަކަށް ވުމުގެއިތުރުން ހުރިހާ ދާއިރާއެއްގައިވެސް ތަންފީޒު ކުރެވެމުންދާ އުޞޫލެއްކަން ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން."
},
{
"Eng": null,
"Dhiv": "ސިވިލް ސާރވިސްގައި، ވެރިންގެ ފެންވަރުގެ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން އިތުރު ކުރުމާއެކު، އަންހެން މުވައްޒަފުންނަށް ބޭނުންވާ ރައްކާތެރި، ޤަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާޙައުލެއް ކަށަވަރު ކޮށްދިނުމަށް ޤާނޫނީ އޮނިގަނޑަށް އިޞްލާޙު ގެނައުން."
},
{
"Eng": null,
"Dhiv": "އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމަށްޓަކައި ލުއި ލޯނު ދޫކުރުމަށް 100 މިލިއަން ރުފިޔާގެ ޚާއްޞަ ސްކީމެއް ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގުފަހިކުރުމަށްޓަކައި ހުޅުމާލެއިން ޚާއްޞަ ސަރަޙައްދެއް އެކަމަށް އެކަށައަޅާ، އެތަނުގައި އަންހެން އުފެއްދުންތެރިން ވިޔަފާރިކުރުމަށް ކުޑަ ކުލިތަކެއް އަދި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން."
},
{
"Eng": null,
"Dhiv": "އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި، އެކަމަށް އިތުރަށް އިންވެސްޓްކުރުމާއި، ތަޢްލީމާތި ތަމްރީނު ދިނުމާއި، އެދާއިރާތަކުން ވިޔަފާރިތައް އިތުރުކުރުމާއި، މަތީ ސާނަވީ މަންހަޖުގައި އެދާއިރާތަކަށް އިތުރު ސަމާލުކަންދީ، އެދާއިރާތަކުން ކުރިއަށްދާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި، ވިމެން އިން ޓެކްނޮލޮޖީ (ވިޓް) ގެ ނަމުގައި ޤައުމީ ހަރަކާތެއް ހިންގުން."
},
{
"Eng": null,
"Dhiv": "މެމޮގްރަފީގެ ޚިދުމަތާ ޕެޕްސްމިއަރގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމުކުރުމަށް ބޭނުންވާ ބަދަލުތައް ހޮސްޕިޓަލުތަކަށް ގެނައުމުގެ އިތުރުން، އެކަމަށްބޭނުންވާ މެޝިނަރީ ހޯދުމާއި، ޚިދުމަތްތެރިން ތަމްރީނުކުރުން."
},
{
"Eng": null,
"Dhiv": "އެންޑޮމެޓްރިއޯސިސް އަދި ޕީ.ސީ.އޯ.އެސް ފަދަ އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތައް އަވަހަށް ދެނެގަނެ، ޚާއްޞަ ފަރުވާ ހޯދުމުގައި އާސަންދަ ހަމަޖެއްސުން."
},
{
"Eng": null,
"Dhiv": "ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ޚަރަދު ދިނުމަށް ކުރެވޭ ޙުކުމްތައް ތަންފީޒުވުމުގައި ހުރި ދަތިތަކަށް ފުރިހަމަ ޙައްލެއް ހޯދުމަށްޓަކައި އެޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، ޚަރަދު ދިނުމުގައި ޙުކުމާ އެއްގޮތަށް ކަން ނުކުރާ ފަރާތްތަކަށް ބޮޑެތި ޖަލު ޙުކުމާ ހަމައަށް އަދަބު އިތުރުކޮށް، ޙަރަދު ހޯދަން ބައެއް ފަރާތްތަކުން މިހާރު އުފުލަމުންދާ ބުރައަށް ދާއިމީ ޙައްލެއް ހޯދައިދިނުން."
},
{
"Eng": null,
"Dhiv": "ލީސިންގ ފައިނޭންސްގެ ގޮތުގައި ފައިސާ ހޯދަން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން."
},
{
"Eng": null,
"Dhiv": "އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އަދި އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި، އޯގާތެރިކަމާ، ރައްކާތެރިކަމާ، އިންސާފު ކަށަވަރު ކުރުމަށްޓަކައި އާ ޤައުމީ މަރުކަޒީ އިދާރާއެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ޤައުމީ އެތްލީޓުންނަށް ދެވޭ މުސާރައާއި ތަމްރީނާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކުރުމުގައި، ދެ ޖިންސުގެ ހުރިހާ ޤައުމީ އެތްލީޓުންނަށް ހަމަހަމަ ފުރުޞަތު ލިބޭނެ މަގު ތަނަވަސް ކުރުން."
},
{
"Eng": null,
"Dhiv": "އަންހެނުންނަށް ޚާއްޞަ ލީޑަރޝިޕް ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ހިންގާ، އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަމަށް މުޅި މުޖްތަމައު ހޭލުންތެރިކުރުވާ، ހިންގުމުގެ ދާއިރާގައި އަންހެނުންގެ ޙިއްޞާ އަދި ބައިވެރިވުން އަބަދުވެސް ފުރިހަމައަށް އޮންނާނެ ހިސާބަކަށް ޤައުމުގެ ކަންކަން ތަރުތީބުކުރުން."
},
{
"Eng": null,
"Dhiv": "އިޖްތިމާއީ އަދާލާތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައިވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނާ، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުން."
},
{
"Eng": null,
"Dhiv": "ރޯމަހާއި މަހުން އުފައްދާ އެކި ބާވަތްތައް ވިއްކޭނެ ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް، އަންހެން އަދި ޒުވާން ވިޔަފާރިވެރިންގެ ފައިދާއަށްޓަކައި، ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ރާއްޖޭގައި ހައްދާ ބާވަތްތައް މާކެޓްކޮށް، ގަނެ ވިއްކުމަށް، އަންހެނުންނަށް ޚާއްޞަކުރެވިގޭ، ޤައުމީ ނިޒާމެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޒުވާން އަދި ތަޢްލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑުތަނުން އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ބައިގެންދިއުމުގެ ހިތާމަވެރިކަމާ ކުރިމަތިލާންޖެހޭ އަންހެން މުވައްޒަފުންނަށް، މުސާރަ ލިބޭ ގޮތަށް އެކަށޭނަ މުއްދަތެއްގެ އިތުރު ޗުއްޓީއެއް ލިބޭގޮތަށް ޤާނޫނީ އުސޫލެއް ހަމަޖެއްސުން."
},
{
"Eng": null,
"Dhiv": "މާބަނޑު މީހުންނާއި ކުޑަކުދިންނަށް ޙާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ތުއްތު ކުދިން ބަލަހައްޓަމުންދާ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި، އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ކުޑަކުދިން ބަލަހައްޓާ ޑޭ-ކެއާރ ސެންޓަރުތަކަށް، ޚިދުމަތް ރަނގަޅުކުރުމާއި ފުޅާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަބްސިޑީއެއް ކަނޑައެޅުން."
},
{
"Eng": null,
"Dhiv": "ސަރުކާރު ހޮސްޕިޓަލުތަކަށް ޑޮކްޓަރަށްދެއްކުމަށާ ވިހެއުމަށްދާ މާބަނޑު އަންހެނުންނަށް ޚާއްޞަކުރެވިގެން މަޑުކޮށްލާނެ 'މެޓާނިޓީ ވެއިޓިންގ ހޯމްސް' ހުރިހާ ހޮސްޕިޓަލެއްގައި ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "އުމުރުން ދުވަސް ވަމުންދާ އަންހެނުންނަށް ޙާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުން."
},
{
"Eng": null,
"Dhiv": "ފާހަގަކުރެވޭ ސަރަޙައްދުތަކެއް އަދި ރަށްތަކެއްގައި އިތުރު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުން، އަދި އަންހެނުންނަށް ޙާއްޞަ ކުރެވިގެން އެތަންތަނުގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން."
},
{
"Eng": null,
"Dhiv": "ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީޕިންގް އެންޑް ފްރަންޓް އޮފީސް، ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް 'ދިވެހިންނަށް ޚާއްޞަ' މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުން."
},
{
"Eng": null,
"Dhiv": "އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމެނުން."
},
{
"Eng": null,
"Dhiv": "އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، އެކަނިވެރި މައިން އަދި ބަދައިންނަށް ޚާއްޞަކުރެވިގެން، ދޭއް އަދި ތިން ކޮޓަރީގެ 1,000 އެޕާރޓްމެންޓް ހިމެނުން."
},
{
"Eng": null,
"Dhiv": "އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދެވޭ މިންވަރު، ޖުމްލަ 12000 ރުފިޔާއާ ހަމައަށް، ކޮންމެ ދަރިއަކަށް މަހަކު 3000 ރުފިޔާއަށް އިތުރުކުރުން."
},
{
"Eng": null,
"Dhiv": "އަލަށް ގެދޮރު ބޭނުންވާނެ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ފޯމު ހުށަހެޅުމަކާ ނުލައި، ބޯހިޔާވަހިކަން ލިބޭނެގޮތް ހެދުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 3,
"Title_Eng": null,
"Title_Dhiv": "މަސްވެރިކަން (ޗެޕްޓަރު 3)",
"Promise": [
{
"Eng": null,
"Dhiv": "މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން."
},
{
"Eng": null,
"Dhiv": "މަސްވެރިންގެ ކޯޕަރެޓިވް ސޮސައިޓީއެއް އުފައްދާ، އެކުންފުންޏަށް މިފްކޯއިން ޙިއްޞާއެއް ކަނޑައަޅާ، އެކުންފުންޏަކީ މަސްވެރިން ތަމްޞީލުކުރާ ހިއްސާދާރުންގެ ގޮތުގައި މިފްކޯގެ ބޯޑުގައި ހިމެނޭ ބައެއްގެ ގޮތުގައި އެކަށައަޅާ، އެކޯޕަރެޓިވް މެދުވެރިކޮށް މިފްކޯ ހިންގުމުގައި މަސްވެރިންގެ ސީދާ އަޑު ބޯޑަށް ފޯރުކޮށްދީ، މިފްކޯގެ ހިއްސާ މަސްވެރިންނަށް ލިބޭނެ ނިޒާމެއް ޤާއިމުކޮށް، ކޯޕަރެޓިވްގެ ލަފަޔާއެއްގޮތަށް މަސްވެރިން ކިރާ މަހުގެ އަގު ޑޮލަރުން ދެވޭނެފަދަ ގޮތަކަށް ނިޒާމު އިޞްލާޙުކުރުމާ ދިމާއަށް އަމާޒުހިފުން."
},
{
"Eng": null,
"Dhiv": "ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ ދެގުނައަށް އިތުރުކުރުން."
},
{
"Eng": null,
"Dhiv": "މަސްވެރިކަމަކީ ވަޒީފާއެއްކަމުގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތި، މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދަން މަސްވެރިންނަށް ފުރުޞަތު ހުޅުވާލުން."
},
{
"Eng": null,
"Dhiv": "މަހުގެ ވިޔަފާރި ކުރާނެ ގޮޅިތަކަކާއި، މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހަކާ، ރެސްޓޯރަންޓް އަދި ކެފޭތަކާ، މަސްވެރިކަމާގުޅޭ ތަކެތި ވިއްކާ އަދި ޚިދުމަތް ދޭ ވިޔަފާރިކުރާ ތަންތަނާ، ބާބަކިއު ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާ ސަރަޙައްދުތައް ހިމެނޭ ގޮތަށް، ސްޕޯޓްސް ފިޝިންގ ހާބަރެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ޗައިނާ އަދި ހޮންގކޮންގ އާއެކު ހެދިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ތެރެއިން މަސް ބޭރުކުރަން ފެށުމާއެކު، އެފަދަ ބޮޑެތި އެހެން މާރކެޓުތައް ފާހަގަކޮށް، އިތުރު އެއްބަސްވުންތައް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލަށް ރިއާޔަށްކޮށް، ރާއްޖޭގައި ރޯމަސް ގަންނަ އަގަކީ ކިލޯއަކަށް 20 ރުފިޔާކަމުގައި ހަމަޖެއްސުން."
},
{
"Eng": null,
"Dhiv": "އާރް.އެސް.ޑަބްލިޔު ސިސްޓަމް އޮޑިފަހަރުގައި ހަރުކުރުމަށް ލުއި ލޯނު ދޫކުރުން."
},
{
"Eng": null,
"Dhiv": "ފެލިވަރާއި ކޫއްޑޫގައި ހުރި މަސް ފެކްޓްރީތައް އާބާތުރަ ފިލުވައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ދ. މާދެލީގައި، އެ ސަރަޙައްދުގެ މަސްވެރިންގެ ފައިދާއަށްޓަކައި، އާ މަސް ފެކްޓްރީއެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުމާއި، ބޮޑު ކަންނެލީގެ އަގަކީ 80 ރުފިޔާކަމަށާއި، އޭ-ގްރޭޑް ނަމަ 100 ރުފިޔާކަމަށް ހަމަޖެއްސުން."
},
{
"Eng": null,
"Dhiv": "ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ އާ މަސްމާރުކޭޓެއް މާލޭގައި ބިނާކުރުން."
},
{
"Eng": null,
"Dhiv": "ޤައުމީ ފެންވަރުގައި، އަގުހުރި އިނާމުތަކެއް ހިމެނޭގޮތަށް، މަސްރޭހެއް އަހަރަކު އެއް ފަހަރު ބޭއްވުން."
},
{
"Eng": null,
"Dhiv": "ކޮންމެ އަތޮޅެއްގައި އެ އަތޮޅަކަށް ބޭނުންވާނެ ގަނޑުފެން ލިބޭނެ އައިސް ޕްލާންޓް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "މަސްވެރިންނަށް ބޭނުންވާނެ ތެޔޮ، ބޭސް ރޭޓުގައި، އެސް.ޓީ.އޯ މެދުވެރިކޮށް މިފްކޯއިން ވިއްކަން ފެށުން."
},
{
"Eng": null,
"Dhiv": "އެން ކަނދުފަތި އެޅުން ފުޅާކުރުމާއެކު، ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ހުވަދު އަތޮޅާއި އައްޑޫ ސިޓީގައި ޑީކޮމްޕްރެޝަން ޗޭމްބަރު ބެހެއްޓުން."
},
{
"Eng": null,
"Dhiv": "ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސް އައިން ހޯދުމުގެ މަރުކަޒީ ނިޒާމެއް ޤާއިމުކޮށް، އޭގެ ފައިދާ މަސްވެރިންނަށް ލިބޭނެ މަގު ފަހިކޮށްދިނުން."
},
{
"Eng": null,
"Dhiv": "މަހުން އުފައްދާ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް ވިއްކުމަށް، ޒުވާނުންނާއި އަންހެނުންނަށް ޙާއްޞަ ކުރެވިގެން ޤާއިމުކުރެވޭ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "ވަދު ބައްތެލިފަހަރާއި ޑިންގީތަކަށް ޚާއްޞަކުރެވިގެން، އެކަށައެޅޭ ސަރަޙައްދުތަކުގައި، ކަނދުފަތި އެޅުން."
},
{
"Eng": null,
"Dhiv": "އައިސް ޕްލާންޓުތަކުގައި އައިސް ހުރިވަރު ބަލާލެވޭނެ އޮންލައިން ޕޯޓަލްއެއް ތައާރަފް ކުރުން."
},
{
"Eng": null,
"Dhiv": "ކޮންމެ އޮޑިއަކުން އެއް ފަޅުވެރިއަކަށް ރެސްކިއު ޑައިވިންގ ފެންވަރުގެ ސަނަދެއް ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން."
},
{
"Eng": null,
"Dhiv": "މަހުން އުފައްދާ ތައްޔާރީ ކާނާ ބަންދުކުރުމުގެ މަޢުލޫމާތު ޢާންމުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް ހިންގުމާއި، އެފަދަ ވިޔަފާރިތައް އަލަށް ފަށަން ޝައުޤުވެރިވާ ފަރާތްތަކަށް ކުޑަ އިންޓަރެސްޓެއްގައި ލޯނު ލިބޭނެ ނިޒާމެއް ތައާރަފުކުރުން."
},
{
"Eng": null,
"Dhiv": "ބޭރު ދުނިޔޭގެ މާކެޓްތަކުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އިސްތިހާރުކޮށް، ވިޔަފާރި ފަހި ކޮށްދޭނެ މާރކެޓިންގ އޭޖެންސީއެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ފަރުމަސް އާލާކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާސް ތަމްރީންކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެދާއިރާގެ ވިޔަފާރިތައް ފުޅާކުރަން ބާރުއެޅުން."
},
{
"Eng": null,
"Dhiv": "ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތަކަށް އިންސެންޓިވްއެއް ދިނުމަށް، ފާހަގަކުރެވޭ ވަކި ސަރަހައްދުތަކެއްގައި އެން އާލާކުރުމަށް ހެޗަރީތަކެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ދިގު މުއްދަތައް މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިން ދެނެގަނެ، އެފަރާތްތަކަށް ހިތްވަރު ދިނުމާއި އެކު އިތުރު ފުރުޞަތު ތަނަވަސްކޮށްދިނުމަށް ރަޖިސްޓްރީއެއް އެކުލަވާލުން."
},
{
"Eng": null,
"Dhiv": "ފަރުމަހުގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރެވޭނެ ގޮތްތައް ދިރާސާ ކުރުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 4,
"Title_Eng": null,
"Title_Dhiv": "ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން (ޗެޕްޓަރު 4)",
"Promise": [
{
"Eng": null,
"Dhiv": "އެކަމަށް އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދިނުން."
},
{
"Eng": null,
"Dhiv": "ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65،000 ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރުން."
},
{
"Eng": null,
"Dhiv": "އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ހޯމް ސްޓާޓަރ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުން."
},
{
"Eng": null,
"Dhiv": "ބިންވެރިޔާ ޕްރޮގްރާމުގެ ތެރެއިން ގޯތީ ލިބޭނެކަމަށްބުނެ ލިބުނު ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް، ސަރުކާރުގެ ޚާއްޞަ ސްކީމެއްގެ ދަށުން، އެގޯތިތަކުގައި ގެދޮރު އިމާރާތްކޮށްދީ އެފަރާތަކަށް ލިބުނު ގޯދި، ނިމިފައިވާ އާ ގެއަކާއެކު، ޙަވާލުކުރެވޭނެ މަގުފަހިކޮށްދިނުމާއެކު، ދެވުނު ގޯއްޗަކީ ހުސްބިމެއް ނުވަތަ އަދި ނުހިއްކާއޮތް ފަޅެއްގެ ބައެއްގެ ގޮތުގައި އޮތުން ބަދަލުކޮށް، ގޯތި ލިބުނު ރައްޔިތުންނަށް ޤެދޮރުވެރިކަމުގެ ހަޤީޤީ އުފާވެރިކަން ކަށަވަރުކޮށްދިނުން. އަދި، އަޅުގަނޑުމެންގެ ސަރުކާރެއްގައި ދޫކުރާ އެންމެހާ ގޯތިތަކުގައިވެސް މިސްކީމްގެ ދަށުން ގެެޔެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފޯރުކޮށްދިނުން."
},
{
"Eng": null,
"Dhiv": "2018 ގައި ސާއިޢުކުރެވުނު ހިޔާ ފްލެޓުން އެޕާޓްމަންޓް ޙައްޤުވާ ފަރާތްތަކުގެ ޢަސްލު ލިސްޓުގައި ހިމެނި، އެހެންނަމަވެސް ނިމެމުން މިދާ ސަރުކާރުން ފްލެޓް ނުދީ އެލިސްޓުން އުނިކުރި ހުރިހާ ފަރާތްތަކަށް، އެންމެ އަވަހަށް ޤާއިމުކުރެވޭ ސޯޝަލް ހައުސިންގ މަސްރޫއުގެ ތެރެއިން ފްލެޓް ދިނުން."
},
{
"Eng": null,
"Dhiv": "ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ހޯމް ކޮމްޕްލީޝަން ބޭންކް ލޯނު ސްކީމެއް އަލަށް ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުން."
},
{
"Eng": null,
"Dhiv": "ސޯޝަލް ހައުސިންގ ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ހުރިހާ ސިޓީއެއް ހުރިހާ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢެއްގެ ކުރުމުގައި، ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، އެހެނިހެން މަގުތަކުގައި ގާއެތުރުން."
},
{
"Eng": null,
"Dhiv": "ހުރިހާ ރަށެއްގައި އަސާސީ ޚިދްމަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށް، މަތީ ފަންތީގެ ޚިދްމަތްތައް ހޯދުމަށް އަވަސް ދުވެލީގެ ދަތުރުފަތުރާއި ޑިޖިޓަލް ވިއުގައެއްގެ ގުޅުން ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ގެދޮރުވެރިކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ޤާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުން."
},
{
"Eng": null,
"Dhiv": "މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ހިމަނައިގެން؛ ބައިނަލް އަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ޤާއިމުކޮށް، ހއ، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައާއިި ބައިނަލްއަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ހިމަނައިގެން، ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި، ޞިނާޢީ މަސައްކަތްތަކާ، މަސްވެރިކަމާ، ދަނޑުވެރިކަމާ، މެރިކަލްޗަރުގެ އިތުރުން ފަތުރުވެރިކަމުގެ ވަޞީލަތްތައް ފުޅާކޮށް، ތަރައްޤީކުރުން."
},
{
"Eng": null,
"Dhiv": "މެދުމިނުގެ އިތުރު 7 އާރބަން ސެންޓަރު (މާލޭން އުތުރުގައި 3، ދެކުނުގައި 4 ހިމެނޭގޮތަށް) ތަރައްޤީކުރުން."
},
{
"Eng": null,
"Dhiv": "ފަސޭހަ، ރަނގަޅަށް ހިނގާ ހައުސިންގ މާކެޓެއް ޤާއިމުކުރުމަށްޓަކައި، ގެދޮރު ގަނެ، ވިއްކާ، ކުއްޔަށްދީ، ކުއްޔަށް ހިފުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ނައްތާލައި، ތަރުތީބުކުރުން."
},
{
"Eng": null,
"Dhiv": "އަލަށް ގެދޮރު ބޭނުންވާނެ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ފޯމު ހުށަހެޅުމަކާ ނުލައި، ބޯހިޔާވަހިކަން ލިބޭނެގޮތް ހެދުން."
},
{
"Eng": null,
"Dhiv": "ދާއިރާގެ ޓެކްނިކަލް އެހީ ދިނުމާއި، އެކަމަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދީގެން، މިހާރު ހުރި ގެދޮރުތަކުގެ ފެންވަރާއި ސަލާމަތީ ވަސީލަތްތައް ރަނގަޅުކުރުން."
},
{
"Eng": null,
"Dhiv": "ކުއްޔަށްދޭ ހުރިހާ ގެދޮރެއްގައިވެސް ކަނޑައެޅިފައިވާ ސަލާމަތީ ވަޞީލަތްތަކާއި، ދުވާލުގެ އަލިކަން ލިބޭ މިންވަރާ، ވައި ދައުރުކުރާނެ ގޮތްތައް ހުރިތޯއާ، ގެދޮރުގައި ދިރިއުޅޭ މީހުންގެ އަދަދަށް އެކަށީގެންވާ ޖާގައާއި ވަޞީލަތްތައް ހުރިތޯ ޔަޤީންކުރުން."
},
{
"Eng": null,
"Dhiv": "މާލޭގައި ހުރި، އެދެވޭގޮތުގައި ބޭނުންނުހިފާ ބިންތައް ހުސްކޮށް 2000 ހައުސިންގ ޔުނިޓު ގާއިމުކޮށް، ފުލެޓަށް އެދޭ މާލެ ސިޓީގެ ރަށްވެހިންނަށް ފޯރުކޮށްދިނުން."
},
{
"Eng": null,
"Dhiv": "ވިލިމާލޭގައި 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިންގުން."
},
{
"Eng": null,
"Dhiv": "އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމެނުން."
},
{
"Eng": null,
"Dhiv": "އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 1,000 އެޕާރޓްމެންޓް ހިމެނުން."
},
{
"Eng": null,
"Dhiv": "އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 500 އެޕާރޓްމެންޓް ހިމެނުން."
},
{
"Eng": null,
"Dhiv": "އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، މައިމުޅަވެފައިވާ ފަރާތްތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 500 އެޕާރޓްމެންޓް ހިމެނުން."
},
{
"Eng": null,
"Dhiv": "ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ޚާއްޞަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް، ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދިނުން."
},
{
"Eng": null,
"Dhiv": "މާލޭގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ޚާއްޞަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް، ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދިނުން."
},
{
"Eng": null,
"Dhiv": "ވިލިމާލޭގައި ޢާންމު ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމާއި، ވިލިމާލޭގެ ފެހި، ހިތްގައިމު، އިންޖީނުލީ އުޅަނދު ނުދުއްވާ މާޙައުލު ދެމެހެއްޓުމާއެކު، ފެނާއި ނަރުދަމާއާއި ކަރަންޓް ކެރިއިންގ ކަޕޭސިޓީ ދެގުނައަށް އިތުރުކޮށް، އަދި، ސްކޫލު، މިސްކިތް ފަދަ ތަންތަން އާބާތުރަފިލުވައި، ޚިދްމަތް އިތުރަށް ފުޅާކުރުން."
},
{
"Eng": null,
"Dhiv": "މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދިނުން."
},
{
"Eng": null,
"Dhiv": "ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް އުތުރު ފައިސާ ހޯދުމުގެ މާތް ނިޔަތުގައި، ހުރިހާ ސިޓީއެއްގައި ވަޤްފު ބިންތައް އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ޒަމާނީ ފެންވަރުގެ އާ މަސްމާރުކޭޓޭއް މާލޭގައި ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ނިމެމުންމިދާ ސަރުކާރުން ރައްޔިތުންނަށް ގޯތި ނުވަތަ ފްލެޓު ލިބޭނެކަމަށް ލިޔުން ދީފައިވާ އެއްވެސް ފަރާތެއް އުނި ކުރުމެއްނެތި، އެފަރާތްތަކަށް ގޯއްޗާއި ފްލެޓް، އެތަނަކުން އެމިންގަނޑަށް ލިބޭނެކަން ޔަޤީންކުރުން."
},
{
"Eng": null,
"Dhiv": "މާލޭ ސިޓީގެ އެކި ސަރަޙާއްދުތަކުގައި ޕާކީންގ ބިލްޑިންގ އަޅައި، ދިމާވެފައިވާ ޕާކުކުރުމުގެ ދަތިކަމަށް ބޮޑު ޙައްލެއް ހޯދައިދިނުން."
},
{
"Eng": null,
"Dhiv": "މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމަށް ދާއިމީ ޙައްލެއްގެ ގޮތުގައި، ޒަމާނީ ފެންވަރުގެ ޑީވޯޓަރިންގ ނިޒާމެއް، ދިރާސާގެ އަލީގައި ސިޓީގެ މުހިންމު ހިސާބުތަކުގައި ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ޞިއްޙަތާއި އަދި ތިމާވެށްޓާއި ރަޙްމަތްތެރި އީ-ބައިކް ނިޒާމެއް ހުރިހާ ސިޓީއެއްގައި ޤާއިމުކޮށް، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިއުން."
},
{
"Eng": null,
"Dhiv": "މިހާރުން މިހާރަށް ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ރަށްތަކަށް ޚާއްޞަކޮށްގެން، ގެދޮރު އިމާރާތްކުރުމުގެ (ރޯހައުސް ނުވަތަ އެޕާޓްމަންޓް ވިޔަސް) ޤައުމީ މަޝްރޫޢެއް ހިންގުން."
},
{
"Eng": null,
"Dhiv": "ރާއްޖޭގެ ރަށްރަށުގައި އާދަޔާޚިލާފަށް ތޮށްޖެހިފައިވާ ނުވަތަ މަގުތަކާއި ގޯޅިތަކާއި ގެތައް ހުރިގޮތުން ހާސްކަންބޮޑު ސަރަޙައްދުތައް ޕްލޭންކޮށް ހިތފަސޭހަ ސަރަޙައްދުތަކަކަށް ބަދަލުކުރުމަށްޓަކައި، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައިވާ އާރބަން ޑިވެލޮޕްމަންޓް ޓޫލެއްކަމުގައިވާ \"ލޭންޑް ރީއެޖެސްޓްމަންޓް\" ހިންގާ ތަންފީޒުކުރުމަށްޓަކައި، ބޭނުންވާ އެންމެހާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދާ ފާސްކޮށް، ލޭންޑް ރީއެޖަސްޓްމަންޓް މަޝްރޫއުތައް ހިންގުން."
},
{
"Eng": null,
"Dhiv": "މާލޭގައި ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ލޭންޑްސްކޭޕްކޮށް މާލެއަށް ހިތްފަސޭހަކަން އިތުރުކުރުން."
},
{
"Eng": null,
"Dhiv": "މާލޭގައި ގޯޅީގެ ހަނިކަމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ގޯތީގެ ލޮކޭޝަން ބޭންކަށް ފީޒިބަލް ނުވާތީ ގެދޮރު އިމާރާތްކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކުގެ ތެރެއިން އެދޭ ފަރާތްތަކަށް ލާޖައްސާ ޢުޞޫލުން ގްރޭޓަރ މާލޭ ސަަޙައްދުގެ އެހެން ހިސާބަކުން ގޯތިދިނުން."
},
{
"Eng": null,
"Dhiv": "ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ މަޢާފުކޮށްދިނުން."
},
{
"Eng": null,
"Dhiv": "ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދި ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ހުޅުމާލޭގެ މުނިސިޕަލް އެންމެހާ ކަންކަން މާލޭ ސިޓީ ކައުންސިލަށް، އާރބަންކޯއިން އެކަމަށް ބޭނުންކުރަމުންގެންދާ ބަޖެޓާއި ވަޞީލަތްތަކާއެކު ބަދަލުކުރުން އަދި އެ ބަޖެޓުން އެކަމަށް މުވައްޒަފުން ނެގުމާއި، މުވައްޒަފުން ބަދަލުވާން ބޭނުންވާނަމަ، ބަދަލުކުރާނީ އެ މުވައްޒަފަކަށް މިހާރުވެސް ލިބެމުންދާ މުސާރައިގައިކަން."
},
{
"Eng": null,
"Dhiv": "މާލޭގެ އަދި ކޮންމެ ސިޓީއެއްގެ ކޮންމެ މަގަކާ ގުޅޭގޮތުން ރައްޔިތުން ޚިދްމަތް ލިބިގަންނާނޭ ޑިޖިޓަލް ޕްލެޓްފޯމެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "މާލޭގެ ޓްރެފިކް ނިޒާމު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޑިޖިޓަލައިޒްކޮށް، ޒަމާނީ ފެންވަރަށް ބެލެހެއްޓުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 5,
"Title_Eng": null,
"Title_Dhiv": "އޯގާތެރި މުޖްތަމަޢު (ޗެޕްޓާރ 5)",
"Promise": [
{
"Eng": null,
"Dhiv": "އިޖްތިމާއީ ދާއިރާތަކަށް މިހާރު ދައުލަތުގެ ބަޖެޓުން އަހަރަކު އެކަށައެޅޭ މިންވަރު، ތިން ގުނައަށް އިތުރުކުރުން."
},
{
"Eng": null,
"Dhiv": "އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދެވޭ މިންވަރު، ޖުމްލަ 12,000 ރުފިޔާއާ ހަމައަށް، ކޮންމެ ދަރިއަކަށް މަހަކު 3000 ރުފިޔާއަށް އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން އެންމެ ޒަމާނީ ފެންވަރުގެ ޚިދްމަތްތަކާއި ފަރުވާ ހިމެނޭގޮތަށް މަރުކަޒެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ފެންވަރުގެ، މެންޓަލްހެލްތް ހޮސްޕިޓަލެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަށްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދްމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ކޮންމެ ކުއްޖަކަށް އާއިލާއެއް – ކޮންމެ ކުއްޖަކީވެސް އާއިލީ ވެށްޓެއްގެ ޙިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަޤީންކުރުން."
},
{
"Eng": null,
"Dhiv": "ޚާއްޞަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް، ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުން."
},
{
"Eng": null,
"Dhiv": "ކުށުގެ ވެއްޓަށް އަލަށް ވަދެވޭ ކުޑަ ކުދީންނާއި ޒުވާނުން މުޖުތަމައަށް އަނބުރާ އަހުލުވެރި ކުރުމަށްޓަކައި، ބޮޑެތި ޖަލު ހުކުމްތައް ކުރުމާއި ހަރުކަށި އަދަބުތައް ދިނުމުގެ ބަދަލުގައި، އިޖުތިމާޢީ ޚިދުމަތުގެ ޚާއްޞަވެއްޓަކާއި އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީ، ބިނާކުރަނިވި ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަލުން ނުކުމެވޭނެފަދަ ހަރުދަނާ ސިޔާސަތުތަކެއް އަދި އިންތިޒާމުތަކެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ސްޓޫޑަންޓްސް ވިތް ކޮމްޕްލެކްސް ލާރނިންގް ޕްރޮފައިލްސް (އެސް.ސީ.އެލް.ޕީ) އަށް އަމާޒުކޮށްގެން އިތުރު ވަޞީލަތްތައް އެކަށައެޅުމާއި ފުޅާ ޚިދުމަތްތަކެއް ދިނުން، އަދި ސެން ޓީޗަރުންނަކީ އެކުދިންނަށް"
},
{
"Eng": null,
"Dhiv": "ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިގެތެރޭޣައި ތިބޭ ކުޑަކުދިންނާއި ޔަތީމް އަދި މިސްކީނު ކުދިން ބަލަހައްޓާ ތަރުބިއްޔަތުކުރާ ރަނގަޅު ފެންވަރުގެ މަރުކަޒުތަކެއް ޤާއިމުކުރުމާއި، އެފަދަ މަރުކަޒުތަކުގައި ޚިދުމަތްކުރާނެ ތަމްރީނު ލިބިފައިވާ ފަރާތްތަކުގެ އަދަދު ބޮޑުތަނުން އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ޚަރަދު ދިނުމަށް ކުރެވޭ ޙުކުމްތައް ތަންފީޒުވުމުގައި ހުރި ދަތިތަކަށް ފުރިހަމަ ޙައްލެއް ހޯދުމަށްޓަކައި އެޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، ޚަރަދު ދިނުމުގައި ޙުކުމާ އެއްގޮތަށް ކަން ނުކުރާ ފަރާތްތަކަށް ބޮޑެތި ޖަލު ޙުކުމާ ހަމައަށް އަދަބު އިތުރުކޮށް، ޙަރަދު ހޯދަން ބައެއް ފަރާތްތަކުން މިހާރު އުފުލަމުންދާ ބުރައަށް ދާއިމީ ޙައްލެއް ހޯދައިދިނުން."
},
{
"Eng": null,
"Dhiv": "އިޖްތިމާއީ ރައްކާތެރިކަމުގެ ވިއުގައިގެ ތެރެއިން ލިބޭ ހުރިހާ އެހީތެރިކަމެއް އަދި އިނާޔަތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މަހުރޫމުވިއަނުދިނުން."
},
{
"Eng": null,
"Dhiv": "ޖަމާއަތުގެ އިޖްތިމާއީ ދުޅަހެޔޮކަމާއި މަސަލަސްކަން ކަށަވަރުކުރުމަށް، ރަށުފެންވަރުގައި ހަރަކާތްތެރިވާ ހުރިހާ މުޢައްސަސާތަކެއްގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން، ޙައްލުތައް ހޯދޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކައުންސިލްތަކުގެ ޒިންމާގެ ތެރޭގައި އިޖްތިމާއީ ރައްކާތެރިކަން ހިމެނިފައިވާއިރު، އެޒިންމާ ފުރިހަމައަށް އަދާކުރުމަށް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުން."
},
{
"Eng": null,
"Dhiv": "ނަފްސާނީ ދުޅަހެޔޮކަމާބެހޭ ޤާނޫނެއް އެކުލަވާލުން."
},
{
"Eng": null,
"Dhiv": "އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އަދި އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި، އޯގާތެރިކަމާ، ރައްކާތެރިކަމާ، އިންސާފު ކަށަވަރު ކުރުމަށް ހާއްސަ ޤައުމީ މަރުކަޒެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ދައުލަތުގެ ބެލެހެއްޓުމުގައި ކުދިންނަށް ޚިދުމަތްދޭ އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، ޚިދްމަތް ފުޅާކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުން."
},
{
"Eng": null,
"Dhiv": "ނަފްސާނީގޮތުން ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް 24 ގަޑިއިރު ޚިދްމަތްލިބޭނެ ނަފްސާނީ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ އަދި އެހީ ހޯދޭނެ ޚާއްޞަ ހެލްޕްލައިނެއް ޤާއިމުކުރުމާއި، ޤައުމީ ފެންވަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދެވޭ މިންވަރު ބޮޑުތަނުން އިތުރުކޮށް، ޚިދުމަތް ބޭނުންވާ ފަރާތްތަކަށް މަޑުކުރަންޖެހޭ މުއްދަތު ބޮޑުތަނުން ކުޑަކުރުމާއެކު، ސައިކޮލޮޖިސްޓުންނާއި، ސައިކިއެޓްރިސްޓުންނާ، ކައުންސިލަރުންނާ، ތެރަޕިސްޓުންނާ، ސޯޝަލް ވާރކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ނިޒާމެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "މިޒާޖު ހުރިގޮތުން ކުށުގެ ވެއްޓަށް ވަނުމުގެ ފުރުޞަތު ބޮޑު ކުޑަކުދިންނާއި ޒުވާނުން އަވަހަށް ދެނެގަނެ، އެފަދަ ކުދިންނަށް އަދި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، މުޖުތަމައުގައި ޤާނޫނަށް ބޯލަބައި ބިނާކުރަނިވި ރައްޔިތުންގެ ގޮތުގައި ކުރިއަށް ދެވޭނެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ޤައުމީ ވިއުގައެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 6,
"Title_Eng": null,
"Title_Dhiv": "އިސްލާމީ ނޫރާއި ދީނީ އަޤީދާ (ޗެޕްޓަރު 6)",
"Promise": [
{
"Eng": null,
"Dhiv": "ފަޤީރުންނަށް ދައުލަތުން ހިލޭ ފަރުޟު ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް، 5 އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން."
},
{
"Eng": null,
"Dhiv": "ދިވެހިރައްޖޭގައި އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭގޮތަށް ހަރުދަނާކޮށް، އިސްލާމިކް ޔުނިވަރސިޓީއަށް އާ އިމާރާތެއް ބިނާކޮށް، ބޭރު ދަރިވަރުންނަށް ވެސް ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ދިނުން."
},
{
"Eng": null,
"Dhiv": "މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، މިސްކިތްތައް އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރެއްގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް، ފުޅާކުރުން."
},
{
"Eng": null,
"Dhiv": "ރާއްޖޭގައި ހުރި ވަޤުފު އިތުރުކޮށް، ލިބޭ އާމްދަނީއިން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެފައިސާއިން ހޭދަކުރުން."
},
{
"Eng": null,
"Dhiv": "މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމުގެ މަގު ފަހިކުރުން."
},
{
"Eng": null,
"Dhiv": "\"މޯލްޑިވްސް ޒަކާތު ހައުސް\" އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުން."
},
{
"Eng": null,
"Dhiv": "ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ ފިލާވަޅުތައް ނަގާދޭ ތަނަކަށް ހަދައި، މިސްކިތް ތަކަކީ ނަމާދުކުރުމުގެ އިތުރުން ތަފާތު އިސްލާމީ ޚިދްމަތްތަކެއް ލިބެންހުންނަ ތަނަކަށް ހެދުން."
},
{
"Eng": null,
"Dhiv": "އަރަބި ބަސް އުނގެނެވޭނެ ފުރުޞަތު ފުޅާކުރުން."
},
{
"Eng": null,
"Dhiv": "މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްޞަ ކޮމިޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް، ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "އިސްލާމީ މުހިންމު މުނާސަބަތުތައް، ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް، ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުން."
},
{
"Eng": null,
"Dhiv": "މަލިކު ސަލްމާން މިސްކިތުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކީރިތި ޤުރުއާނާބެހޭ މިއުޒިއަމެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ޢަރަބިއްޔާ ސްކޫލު މޮޑަރނައިޒްކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ދީނީ ތަޢުލީމު ދެވޭ މަރުކަޒަކަށް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުން."
},
{
"Eng": null,
"Dhiv": "ޙާފިޛުންނަށް މިހާރު ސަރުކާރުން ދެމުން އަންނަ އެލަވަންސް ދެގުނައަށް ބޮޑުކުރުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 7,
"Title_Eng": null,
"Title_Dhiv": "ވަޒީފާއާއި ވުނޭރުކަން (ޗެޕްޓަރު 7)",
"Promise": [
{
"Eng": null,
"Dhiv": "ވަޒީފާ ބޭނުންވާ ކޮންމެ ފަރާތަކަށް، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރާ އެކަށޭނަ، ރަނގަޅު ވަޒީފާތައް މަދުނުވާނެ ވަރަށް، 5 އަހަރުގެ ތެރޭގައި ޤާއިމުކޮށް، ރާއްޖެއިން އިންވޮލަންޓަރީ އަންއެމްޕްލޯއިމަންޓް އެކީ ފޮހެލުން."
},
{
"Eng": null,
"Dhiv": "ބިދޭސީން ގިނައިން ހަރަކާތްތެރިވަމުންދާ ސިނާއަތްތަކުގައި ދިވެހި ޒުވާނުން އިތުރަށް ފައިތިލަ ސާބިތުކުރަން މަގުފަހިކޮށްދިނުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ޤާއިމުކުރުމަށް، ރަހުނަކާނުލާ ވިޔަފާރި ފެށުމަށް އިންކިއުބޭޓަރ ޚިދުމަތާއި، ދާއިރާގެ މާހިރުންގެ މެންޓޯރޝިޕް ލިބޭނެގޮތަށް ޤާއިމުކުރެވޭ، 500 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީޕިންގް އެންޑް ފްރަންޓް އޮފީސް، ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް 'ދިވެހިންނަށް ޚާއްޞަ' މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުން."
},
{
"Eng": null,
"Dhiv": "ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޒުވާން އަދި ތަޢްލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ދެގުނައާއި ހަމައަށް އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރުމާއެކު، ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތަކަށް އެފަދަ ބިދޭސީންގެ ސަބަބުން އެޅެމުންދާ ހުރަސްތައް ނައްތާލަން ފިޔަވަޅުތަކެއް އެޅުން."
},
{
"Eng": null,
"Dhiv": "ސިވިލް ސާރވިސްގައި ވެރިންގެ ފެންވަރުގެ ވަޒީފާއަދާކުރާ އަންހެން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކުރުން."
},
{
"Eng": null,
"Dhiv": "އެއާރޕޯޓް މެނޭޖްމަންޓް، ރޫޓް ޑިވޮލޮޕްމެންޓް، އޮޑިޓިންގ އަދި އެކައުންޓިންގ، ލޮޖިސްޓިކްސް، ދަތުރުފަތުރާއި ވިޔަފާރި، ޕްރޮޕަޓީ އަދި އެސްޓޭޓް މެނޭޖްމެންޓް ފަދަ ދާއިރާތަކުން ދިވެހިން ކުރިއަށްދާން ހުރި ފުރުޞަތުތައް ފުޅާކުރުން."
},
{
"Eng": null,
"Dhiv": "ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި ޔުނީފޯމްއެޅި ހުރިހާ މުޢައްސަސާތަކުގައި ވަޒީފާގެ ކުރިއެރުން ދިނުމަށް މިހާރު ޢަމަލުކުރާ އުޞޫލުތައް އިޞްލާޙުކުރުމާއެކު، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވަޒީފާގެ ކުރިއެރުން ޙައްޤުވެ ނަމަވެސް ނުލިބި ތިބި މުވައްޒަފުންނަށް އެ ޙައްޤު ކަށަވަރު ކޮށްދިނުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 8,
"Title_Eng": null,
"Title_Dhiv": "ތަޢުލީމާއި ތަމްރީނު (ޗެޕްޓަރު 8)",
"Promise": [
{
"Eng": null,
"Dhiv": "ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ޤައުމީ ފެންވަރުގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އިފްތިތާޙުކުރުން."
},
{
"Eng": null,
"Dhiv": "ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް އަލުން ރުޖޫއަކުރުމާއެކު، އަހަރުގެ މެދުތެރޭގައި ހަތަރު ހަފްތާގެ ޗުއްޓީއެއް ހިމެނުން."
},
{
"Eng": null,
"Dhiv": "މާތްވެގެންވާ އިސްލާމްދީނާއި ޤައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ސްކޫލުތަކުގައި ޤައުމީ ފެންވަރުގެ ޚާޢްޞަ ޕްރޮގްރާމްތަކެއް ހިންގުމާއި، ސިވިކްސް އެއީ ކިޔަވާދޭ މާއްދާއެއްގެ ގޮތުގައި މުޤައްރަރުގައި ހިމެނުން."
},
{
"Eng": null,
"Dhiv": "މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުން."
},
{
"Eng": null,
"Dhiv": "ޤައުމީ ފެންވަރުގެ ރިސާޗް ގްރާންޓު ފަންޑެއް ޤާއިމުކޮށް، ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުން."
},
{
"Eng": null,
"Dhiv": "ސްޓޫޑެންޓްސް ވިތް ކޮމްޕްލެކްސް ލާރނިންގ ޕްރޮފައިލްގެ ހުރިހާ ގިންތިއެއްގައި ހިމެނޭ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށްދީ، ނިޒާމު އިތުރަށް ހަރުދަނާކުރުން."
},
{
"Eng": null,
"Dhiv": "އުގެނުމާއި އުގަންނައިދިނުމުގައި އީ-ލާރނިންގ، އާޓިފިޝަލް އިންޓަލިޖަންސް އަދި ވާޗުއަލް ރިއަލިޓީފަދަ ފަހުގެ ޒަމާނީ ޓެކްނޮލުޖީ ބޭނުންކޮށް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ސްކޫލުތަކުގައި ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ދަރިވަރުންނަކީ ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް އަހުލުވެރި ކުދިބަޔަކަށްހަދާ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ތަޢުލީމީ ދާއިރާގެ ސިޔަސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން."
},
{
"Eng": null,
"Dhiv": "މަދަރުސީ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވޭ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަނަލް ޕްރޮގްރާމްތައް މުރާޖަޢާކޮށް ރާއްޖޭގެ އިޤްތިސާދީ ދާއިރާތަކަށް ބޭނުންވާ މަސައްކަތްތެރިން ބިނާކުރުން."
},
{
"Eng": null,
"Dhiv": "ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ކުތުބުޚާނާތަކެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި މަތީ ތަޢުލީމާއިގުޅޭ އުޞޫލުތައް މުރާޖަޢާކޮށް، މަތީ ތަޢުލީމާއި ތަމްރީނުދޭ މުޢައްސަސާތައް ރޭންކު ކުރުން."
},
{
"Eng": null,
"Dhiv": "ދިވެހި ފޮރިން ސާރވިސްގައި ހަރަކާތްތެރިވާ ޒުވާން ޑިޕްލޮމެޓުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުން."
},
{
"Eng": null,
"Dhiv": "ޢަރަބިއްޔާ ސްކޫލު މޮޑަރނައިޒްކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ދީނީ ތަޢްލީމު ދެވޭ މަރުކަޒަކަށް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުން."
},
{
"Eng": null,
"Dhiv": "ދުނިޔޭގައި މިހާރު ބާރަށް ކުރިއަރަމުން އަންނަ \"ސްޓީމް\" (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، އާޓްސް އަދި މެތަމެޓިކްސް) ތަޢުލީމު ރާއްޖޭގައި ފުޅާކުރުން."
},
{
"Eng": null,
"Dhiv": "ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށް، ފުޅާކުރުމަށްޓަކައި ރަށުން ބޭރުން އަންނަ ދަރިވަރުންނަށް، ކަނޑައެޅޭ ސަރަޙައްދުތަކެއްގައި އެކޮމޮޑޭޝަން ހަމަޖެއްސުން."
},
{
"Eng": null,
"Dhiv": "ދައުލަތުގެ ކުންފުނިތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މީހުން ބިނާ ކުރުމަށްޓަކައި ތަފާތު ދާއިރާތަކުން ސްކޮލަރޝިޕްތަކާއި މާލީ އެހީތައް ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 9,
"Title_Eng": null,
"Title_Dhiv": "ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން (ޗެޕްޓަރު 9)",
"Promise": [
{
"Eng": null,
"Dhiv": "އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ކަމަށްވާ ޕޭޕަލް، ޕެއޮނިއާ، ސްޓްރައިޕް، ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުން ފަސޭހަގޮތުގައި ކުރެވޭނެ ގޮތް ހަޖައްސައިދިނުން."
},
{
"Eng": null,
"Dhiv": "ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތައް ކަމުގައިވާ އެމޭޒަން، އީބޭ، ޝޮޕިފައި، ޝޮޕީ އަދި ލަޒާޑާ ފަދަ ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސައިދިނުން."
},
{
"Eng": null,
"Dhiv": "ދުނިޔޭގައި މިހާރު ކުރިއަރަމުންދާ އޮން-ޑިމާންޑް ވާރކްފޯސް ނުވަތަ ފްރީލާންސިންގ މާކެޓްތަކަށް ދިވެހި ޒުވާނުންނަށް ފުރުޞަތު ހުޅުވައިދިނުމުގެގޮތުން ފައިވަރ، އަޕްވާރކް، ފްރީލާންސަރ، ގުރޫ އަދި ޕީޕަލްއަވަރ ފަދަ ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓް ހުޅުވޭގޮތް ހަދައިދީ، މިޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދިނުން."
},
{
"Eng": null,
"Dhiv": "ދުނިޔޭގެ ބޮޑެތި ކުންފުނިތައް (ގޫގުލް، މައިކްރޯސްފޮޓް، އެމޭޒަން، އައި.ބީ.އެމް) ފަދަ ކުންފުނިތަކުގެ ސްޓޮކޮސް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ގަނެ ވިއްކޭނެ މަގު ފަހި ކޮށްދިނުމުގެ އިތުރުން ފޮރެކްސްޓްރޭޑިންގް އާއި ކްރިޕްޓޯ ކަރެންސީ ޕްލެޓްފޯމްތަކަށް ފަސޭހައިން އެކްސެސް ލިބި، އެ ޕްލެޓްފޯމްތައް ވެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެގޮތް ހަމަޖައްސައިދިނުން."
},
{
"Eng": null,
"Dhiv": "ކޯޑިންގގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދިއުމަށްޓަކައި ބޭނުންވާ ހުނަރާއި ފުރުޞަތު ތަނަވަސް ކޮށްދޭނެ މަރުކަޒެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ޑިޖިޓަލް ކަރަންސީގެ ވިޔަފާރި، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "ބްލޮކްޗެއިން ޓެކްނޮލޮޖީ ތަޢާރަފު ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި ވާންޖެހޭ ތައްޔާރީތައް ވުން."
},
{
"Eng": null,
"Dhiv": "ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ރާއްޖޭގައި ޤާއިމުވުމަށް، އެފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ޤާއިމުކޮށްދިނުން."
},
{
"Eng": null,
"Dhiv": "އައި.ޓީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށްޓަކައި، އެކަމަށް އިންވެސްޓްކުރުމާއި، ތަޢުލީމާއި ތަމްރީނު ދިނުމާއި، އެދާއިރާތަކުން ވިޔަފާރިތައް އިތުރުކުރުމާ، މަތީ ސާނަވީ މަންހަޖުގައި އެދާއިރާތަކަށް އިތުރު ސަމާލުކަންދީ، 'ވިމެން އިން ޓެކްނޮލޮޖީ' (ވިޓް) ގެ ނަމުގައި ޤައުމީ ޙަރަކާތެއް ހިންގުން."
},
{
"Eng": null,
"Dhiv": "ސަރުކާރު ހިންގުމުގައި ޒަމާނީ ހަލުވިކަމާއި ފަސޭހަކަން ގެނެއުމަށްޓަކައި އާރޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުން."
},
{
"Eng": null,
"Dhiv": "ޑިޖިޓަލް ޕޭމަންޓް ހެދުމުގައި މިހާރު ރާއްޖޭގައި ނެގެމުންދާ ފީތައް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތު ބައްޓަންކުރުން."
},
{
"Eng": null,
"Dhiv": "ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ކައުންޓަރު ޚިދުމަތް އެއް ފުރާޅެއްގެ ދަށަށް ގެނެސް ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ހުރިހާ ޚިދުމަތަކަށް ސަރުކާރުގެ އެއް ކޯލް ސެންޓަރު އަދި ފީޑްބެކް ނިޒާމު ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ސަރުކާރުގެ ހުރިހާ އޮފީސްތަކެއް 'ޕޭޕަރލެސް' ކޮށް ހިންގޭނެ ފެންވަރަށް އޮފީސްތަކުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށް، އޮފީސް ހިންގުމަށް ބޭނުންވާނެ އެންމެހާ ޕްރޮގްރާމުތަކާއި ސޮފްޓްވެއަރތަކާ އިންޓަރފޭސްތައް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ލިޔެކިޔުންތަކެއް ހިމެނޭ 'ޑިޖިޓަލް ނޭޝަނަލް އާރކައިވް' އެއް ޤާއިމުކުރުމާއި، ޤާނޫނެއްގެ ދަށުން، ލިޔެކިޔުން އެއާކައިވްގައި ރައްކާކޮށް، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "މާލޭގެ އަދި ކޮންމެ ސިޓީއެއްގެ ކޮންމެ މަގަކާ ގުޅޭގޮތުން ރައްޔިތުން ޚިދްމަތް ލިބިގަންނާނޭ ޑިޖިޓަލް ޕްލެޓްފޯމެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "މާލޭގެ ޓްރެފިކް ނިޒާމު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޑިޖިޓަލައިޒްކޮށް، ޒަމާނީ ފެންވަރަށް ބެލެހެއްޓުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 10,
"Title_Eng": null,
"Title_Dhiv": "ފަންނުވެރިކަން (ޗެޕްޓަރު 10)",
"Promise": [
{
"Eng": null,
"Dhiv": "ފެޝަން ޑިޒައިނިންގ، ކެއްކުން، އެނިމޭޝަން، އެކްޓިންގ އަދި ޑްރާމާ، ކުރެހުން، ގޭމް ޑިޒައިން ކުރުން، އާކިޓެކްޗަރ އަދި މިއުޒިކް ފަދަ ޒުވާނުންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތައް ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ ފެންވަރުގެ ނަންހިނގާ އާރޓްސް ސްކޫލެއްގެ ފެކަލްޓީއެއް ރާއްޖޭގައި ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަށް އިތުރު ހިތްވަރެއްދީ ފުރުޞަތުތައް ތަނަވަސްކޮށްދޭން، ޒަމާނީ އިންތިޒާމުތަކާއި ވަޞީލަތްތައް އެކުލެވޭ ސަރަޙައްދީ ފެންވަރުގެ އާޓްސް ވިލެޖެއް (ޕްރޮޑަކްޝަން ހައުސްއެއް) ރާއްޖޭގައި ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "މިއުޒިކް ކުޅުމަށާއި ސައުންޑް ރެކޯޑިންގގެ މަސައްކަތްތައް ކުރުމަށް މަގު ފަހިކޮށްދިނުމަށް، އެދާއިރާގެ ފަންނާނުންނަށް ޙާއްޞަކޮށްގެން، ޢާންމުކޮށް ބޭނުންކުރެވޭނެ ސައުންޑް ޕްރޫފް ޖޭމިންގ އަދި ރެކޯޑިންގ ސްޓޫޑިއޯތަކެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ކޮޕީރައިޓް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކާއި އެޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުުމުގެ ތެރެއިން، ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ފިކުރީ މުދާ ހިމާޔަތްކުރުން."
},
{
"Eng": null,
"Dhiv": "ދުނިޔޭގައި މިހާރު ބާރަށް ކުރިއަރަމުން އަންނަ \"ސްޓީމް\" (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، އާޓްސް އަދި މެތަމެޓިކްސް) ތަޢުލީމު ރާއްޖޭގައި ފުޅާކުރުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 11,
"Title_Eng": null,
"Title_Dhiv": "ކުޅިވަރާއި ކަސްރަތު (ޗެޕްޓަރު 11)",
"Promise": [
{
"Eng": null,
"Dhiv": "އިންޑޯ ޕިޗުތަކާއި، ކޯޓުތަކާ، ޖިމްތަކާ، ސްޕޯޓްސް ފިޒިއޮތެރަޕީ އަދި ރިހެބިލިޓޭޝަން ކްލިނިކްތަކާ، ރެސްޓޯރަންޓް އަދި ކެފޭތައް ހިމެނޭގޮތަށް، ރާއްޖޭގައި ކުޅޭ މަޤްބޫލު ހުރިހާ ކުޅިވަރުތަކަށް ޚާއްޞަކުރެވޭ ޒަމާނީ ފެންވަރުގެ ކޮމްޕްލެކްސެއް އެޅުން."
},
{
"Eng": null,
"Dhiv": "ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެޅޭ އިތުރު ބާރެއްގެ ގޮތުގައި، ކުޅިވަރާއި ކަސްރަތުގެ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހާ އަމިއްލަ ފަރާތްތަކާއި، ވިޔަފާރިތަކާ، ފަންނީ މާހިރުންނާ، އެކަޑަމީތަކާ، ކްލަބް ޖަމުއިއްޔާތައް އަދި ޤައުމީ ކުޅިވަރު އެސޯޝިއޭޝަންތައް ހިމެނޭ ގޮތަށް \"ފިޓް މޯލްޑިވްސް\" ގެ ނަމުގައި ޙާއްޞަ ޕޯޓަލްއެއް ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "ހުރިހާ މަޤުބޫލު ކުޅިވަރުތަކެއް ހިމެނޭގޮތަށް، މަތީ ޑިވިޜަންގައި ވާދަކުރާ ކްލަބްތަކަށް، ފެންވަރު ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކުޅިވަރެއް ކުރިއަރުވަން ދެވޭ ހިތްވަރެއްގެ ގޮތުގައި ދައުލަތުގެ ކުންފުނިތަކުން ސްޕޮންސަރޝިޕްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން"
},
{
"Eng": null,
"Dhiv": "ޤައުމީ ކުޅީވަރު އެސޯސިއޭޝަންތައް އަމިއްލަ ފައިމައްޗަށް ތެދުވަން އެޅޭ ބާރެއްގެ ގޮތުގައި، އެކުޅިވަރެއް ކުރިއަރުވަން މިހާރު ލިބެމުންދާ ވަޞީލަތްތައް އިތުރުކުރުމަށް، ވަކި މިންގަނޑެއްގެ ތެރެއިން ވިޔަފާރި މުއާމަލާތްތައް ކުރެވޭނެ ގޮތަށް ޤާނޫނީ އޮނިގަނޑު އިޞްލާޙުކުރުން"
},
{
"Eng": null,
"Dhiv": "ޤައުމީ އެތްލީޓުންނަށް ދެވޭ މުސާރައާއި ތަމްރީނާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގައި، ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ވާނަމަ އެކަން ހައްލުކޮށް، ހުރިހާ އެތްލީޓުންނަށް ހަމަހަމަ ފުރުސަތު ލިބޭނެ މަގު ތަނަވަސް ކުރުން."
},
{
"Eng": null,
"Dhiv": "ޤައުމީ އެތްލީޓުންގެ މުސާރަ ބޮޑުކުރުމާއެކު އެ އެތްލީޓުންގެ ޤައުމީ ޚިދުމަތުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ޤާއިމުކުރުކަށްޓަކައި، ޚާއްޞަ ޕެންޝަން ސްކީމެއް ތަޢާރަފުކުރުން."
},
{
"Eng": null,
"Dhiv": "މިހާރުގެ ހުނަރުވެރި ޤައުމީ އެތްލީޓުންނަށް އެހީތެރިވުމަށްޓަކައި، އޭރުގެ ޤައުމީ އެތްލީޓުންގެ މައްޗަށް އެކުލެވޭ 'ނޭޝަނަލް ސްޕޯޓްސް ވެޓަރަން އެމްބެސެޑާރސް' ގެ ދަފްތަރެއް އެކުލަވާލައި، އެ ފަރާތްތަކުގެ އެހީތެރިކަން އުޖޫރަ ލިބޭގޮތަށް ފޯރުކޮށްދިނުމުގެ މަގުފަހިކުރުން."
},
{
"Eng": null,
"Dhiv": "ޤައުމީ ހުރިހާ ކުޅިވަރު ޖަމިއްޔާތަކެއްގެ ބެލެނިވެރިކަން، އޮޅުންނާރާނެ ފަދަ ގޮތަކަށް އަދި ބައިނަލްއަޤުވާމީ އުޞޫލުތަކަށް ފެތޭގޮތަށް، ހަމަޖެއްސުމަށްޓަކައި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމް.އޯ.ސީ) އަށް ލިބިދޭ ޤާނޫނީ ބާރުތައް އަދި އިޚްތިޔާރާއި މާލިއްޔަތު ސަރުކާރުގެ ތެރެއިން ނަކަލުކުރުމުގެ އާދަ ނިމުމަކަށް ގެނައުން."
},
{
"Eng": null,
"Dhiv": "ކުޅިވަރާއި ކަސްރަތުގެ ފަންނީ ހުނަރުވެރިކަން ރާއްޖޭގައި ފުޅާކުރުމަށްޓަކައި، އެ ދާއިރާތަކުން ޒުވާނުން ތަމްރީނާއި ތަޢްލީމު ޙާޞިލުކޮށް، އާމްދަނީ ހޯދުމުގެ ފުރުޞަތު ތަނަވަސް ކުރުން."
},
{
"Eng": null,
"Dhiv": ""
}
]
},
{
"ID": 12,
"Title_Eng": null,
"Title_Dhiv": "ޞިއްޙީ ނިޒާމާއި ފަރުވާ (ޗެޕްޓަރު 12)",
"Promise": [
{
"Eng": null,
"Dhiv": "ބައިނަލަޤްވާމީ ޞިއްޙީ ޚިދްމަތްދޭ ފަރާތްތަކުގެ ޚާއްޞަ ފަރުވާދޭ ކްލިނިކްތައް ހިމެނޭ 850 އެނދުގެ މަލްޓިޑިސިޕްލިނަރީ ޞިއްޙީ ޚިދުމަތްދޭ ސަރަޙައްދީ ފެންވަރުގެ މަރުކަޒެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްޤީކޮށް، އެ ހޮސްޕިޓަލް މެދުވެރިކޮށް އުތުރާއި ދެކުނުގައި ޚިދްމަތް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައާއި ކުޅުދުއްފުށި ސިޓީގައި ދެ މަރުކަޒު ޤާއިމުކުރުން."
},
{
"Eng": null,
"Dhiv": "އެންމެ ރަނގަޅު ފެންވަރުގެ ބޭސްތައް ރާއްޖެއިން ޢާންމުކޮށް ލިބޭނެ މަގުތަނަވަސް ކޮށްދިނުން."
},
{